twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިދީފި

ނަބީލާ އިސްމާޢީލް
Nov 8, 2020
1

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއުލާނުކޮށްފައިވާ ހާއްސަ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފި އެވެ.

އެޗްޕީއޭއިން ގެނެސްފައިވާ މި ބަދަލުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ކާފިއު ގަޑިއަކީ ރޭގަނޑު 12 އިން ފަތިހު 4އަށްކަަމަށް ހަމަޖެއްސުމާއި ޕާކްތަކާއި، ދާރުލް އާސާރުތަކާއި މައިޒާންތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމާއި، 15 މީހުންނަށް ވުރެ ގިނަ ނުވާނެ ގޮތަށް މީހުން އެއްވެ އުޅެވޭނެގޮތް ހަމަޖެއްސުމާއި ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުން ހުއްދަ ދީފައިވެ އެވެ.

ބައެއް ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އަދިވެސް މާލެއިން ރާއްޖޭގެ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ކަރަންޓީންވުން ލާޒިމެވެ. އެ ނިންމުމަކަށް ބަދަލެއް ނާދެއެވެ.

ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި، ކަނޑުމަގުން ދަތުރުކުރާ ފަރާތްތައް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށާއި، ހުރިހާ ވަގުތެއްގައިވެސް މާސްކް އެޅުމަށް އަންގާފައިވެއެވެ.

ކުޅިބަލަން ވަދެވޭނީވެސް 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ކުޅެން ނުދިއުމާއި، ކުޅިވަރު ބަލަންދާއިރު މާސްކް އަޅާ އެހެން ގްރޫޕްތަކާއި ދެމެދު 3 ފޫޓުގެ ދުރުމިން ބެހެއްޓުން، ބޭރަށް ނުކުންނައިރު ހޭންޑް ސެނިޓައިޒަރ ގެންދިއުން މި އުސޫލުގެ ތެރޭގައިވެއެވެ.

ރެއިން ފެށިގެން ލުއިތައް ދީފައި ވީނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ފްލޫ ކްލިނިކަށް ދާން މެނުވީ ބޭރަށް ނުނިކުތުމާއި ކަރަންޓީނުވާން ޖެހޭ މީހުން، ހާލުބެލުމުގެ ޕޯޓަލް މެދުވެރިކޮށް ކަރަންޓީން ވުމަށް އެދެންވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355