twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފިހާރަތަކާއި ރެސްޓޯރެންޓުތައް ހުޅުވާފަ ބެހެއްޓޭ ވަގުތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Nov 8, 2020

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކައް ދިން ލުޔާއިއެކު ފިހާރަ ތަކާއި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނީ މިރެއިން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. މީގެ ކުރިން ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ ރޭގަނޑު 10:00 އަށެވެ. އަދި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓުތައް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. މީގެ ކުރިން ކެފޭ ރެސްޓޯރަންޓްތައް ބެހެއްޓެނީ، 10:30 ވަންދެނެވެ.

މިނިސްޓްރީ އިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކުން އަދި ކެފޭ ރެސްޓޯރެންޓުތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ރެއިން ފެށިގެން ވަނީ ލުއިދީފަ އެވެ. އެގޮތުން ފަތިހު ހަތަރަކުން ރޭގަނޑު 12:00 އަށް މިހާރު މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355