twitterviber whatsapp telegramfacebookyoutube instagram
17th April 2024

ކޮވިޑް ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Nov 10, 2020

ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. މިއީ ރާއްޖެއިން މި ބަލިޖެހިގެން މަރުވި 41 ވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދު 02:38 ގައި މަރުވެފައިވަނީ 45 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު މަރުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޖުމްލަ 12،009 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 11،132 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 830 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355