twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Nov 16, 2020

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ރޭ މަރުވީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 11:32 ގައި ކަމަށެވެ.

އެއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 44 ވަނަ މީހާ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅެނީ 12،204 ގަ އެވެ. އޭގެ ތެރެއިން 865 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355