twitterviber whatsapp telegramfacebookyoutube instagram
25th May 2026

ކޮވިޑް ޖެހިގެން 45 ވަނަ މީހަކު މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Nov 17, 2020

ކޮވިޑްގައި ރާއްޖެއިން 45 ވަނަ މީހަކު މަރުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. މިއީ 48 ގަޑި އިރުތެރޭގައި މި ބަލިޖެހިގެން މަރުވި 3 ވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ ރޭ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑްގައި ރާއްޖޭން މަރުވި 45 ވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ ހަރަކާތް ހުއްޓިގެން އިއްޔެ ހަވީރު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ މީހާކު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުން ކަމަށެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ފަސް ވަނަ މީހާ އެވެ.

ކޮވިޑް ޖެހިގެން މީހުން މަރުވާ އަދަދަކީ ސީދާ އެވަގުތު ބަލީގެ ހާލަތު އޮންނަވަރު ދެނެގަނެވޭ މިންގަނޑެއް ނޫން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355