twitterviber whatsapp telegramfacebookyoutube instagram
23rd October 2026

10 މަސް ފަހުން ސިނަމާތައް ހުޅުވަން ހުއްދަ ދީފި

Jan 24, 2021

ކޮވިޑް-19 އާއި ގުޅިގެން ސިނަމާތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދީފި އެވެ.

ސިނަމާތައް ބަންދުކުރަން އެންގީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ އެކުގަ އެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނުގައި ބުނީ ސިނަމާތައް ބަންދުކޮށް މިދިޔަ އަހަރު ކުރި އިއުލާނު ބާތިކޮށްފައިވާ ކަމަށާއި ސިނަމާތައް، ރައްކާތެރިކަމާ ހިންގުމުގެ އުސޫލާ އެއްގޮތަށް މާދަމާއިން ފެށިގެން ހުޅުވިޔަސް އެންމެ ރަނގަޅު ކަމަށެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް އެޅި ވަރަށް ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ، ކޮވިޑްގެ ކޭސްތައް މަދުވުމާ އެކު ހުއްދަ ދީފަ އެވެ. ނަމަވެސް ހުއްދަ ދެނީ އެ ކަމަކާ ގުޅޭ ގޮތުން އަމަލުކުރަންޖެހޭ ގައިޑްލައިނަކަށް ތަބާވާންޖެހޭ ގޮތަކަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންދޭން ތައްޔާރުވަމުން އަންނައިރު ކޮވިޑް ކޮންޓްރޯލްކުރުމަށް އެޅި ވަރަށް ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ، ކޮވިޑްގެ ކޭސްތައް މަދުވުމާ އެކު ހުއްދަ ދީފަ އެވެ. ނަމަވެސް ހުއްދަ ދެނީ އެ ކަމަކާ ގުޅޭ ގޮތުން އަމަލުކުރަންޖެހޭ ގައިޑްލައިނަކަށް ތަބާވާންޖެހޭ ގޮތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293