twitterviber whatsapp telegramfacebookyoutube instagram
14th October 2025

ދަތުރުކުރުމަށް ދިން ލުއިތަކާއެކު ފިޔަވަޅުތައް ދަންމާލައިފި

ޚަދީޖާ އާދަމް
May 16, 2021
1

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ހިމެނޭ ގޮތަށް މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖޭގައި އެޅި ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް އެޗްޕީއޭ އިން މިރޭ ދަންމާލައިފި އެވެ.

ފިޔަވަޅުތަކުގެ ތެރޭގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ދިން ލުއިތައް މެދުކަނޑާލުމާއި މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޓްރެކުތައް ބަންދުކުރުން ހިމެނެ އެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް މި މަހުގެ ތިންވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް، މާލެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ހަވީރު 4 އިން ފަތިހު 4 އަށް އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އަދި އިތުރެއް ނުކުރެ އެވެ. އެ މުއްދަތު އޮތީ އަދި ހަތް ދުވަހުގެ މުއްދަތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355