twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑްގައި 30 އަހަރުގެ މީހަކު މަރުވެއްޖެ

ޚަދީޖާ އާދަމް
May 16, 2021

ކޮވިޑް ބަލި ޖެހިގެން ފަރުވާދެމުން ދިޔަ 30 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.

އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އެމީހާ މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށް ފަތިހު 04:30 ގަ އެވެ.

ރޭ ވަނީ މިބަލީގައި އިތުރު މީހަކުވެސް ވަނީ މަރުވެފައެވެ. އެއީ 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނާ މަރުވީ ރޭ މެންދަމު 02:38 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 96 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް މި ބަލީގައި 2 މީހަކު މަރުވެފައިވާއިރު ހުކުރު ދުވަހު ވެސް 5 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355