twitterviber whatsapp telegramfacebookyoutube instagram
2nd June 2026

މާލޭގެ މަގުތައް ޑިސްއިންފެކްޓުކޮށް، ދޮވުމުގެ މަސައްކަތް ކައުންސިލުން މިއަދު ފަށައިފި

ޢަލީ ރަމީޒް
May 22, 2021

ކޮވިޑް 19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް މާލޭގެ މަގުތައް ޑިސްއިންފެކްޓުކޮށް، ދޮވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މިދިޔަ ހަފުތާގައި އާ ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭއާ ބައްދަލުކޮށް، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކޮށްފަ އެވެ.

އެގޮތުން މަސް މާރުކޭޓު ސަރަހައްދުން މިކަން އިފުތިތާހު ކޮށްދެއްވުމަށް ފަހު، މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ޑިސްއިންފެކްޓް ކުރަން ނިންމީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ ވެސް އެދުމުގެ މަތިން ކަމަށެވެ.

"އެކަމަކު އެންމެ ފުރަތަމަ އަޅުގަނޑުމެން މި އިސްކަންދެނީ އެންމެ ގިނަ މީހުން ބޭނުންކުރާ، އެއްވެ އުޅޭ ހިސާބުތައް ސާފުކުރުމަށް. އެގޮތުން މަސް މާރުކޭޓު ސަރަހައްދުން މި ފެށީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355