twitterviber whatsapp telegramfacebookyoutube instagram
20th June 2025

މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކާފިއު ހިންގަނީ

ޚަދީޖާ އާދަމް
May 25, 2021

ކޮވިޑާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެވޭ ރަށްރަށުގައި މާދަމާއިން ފެށިގެން ކާފިއު ހިންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނިންމައިފި އެވެ.

ކާފިއު ހިންގައި އިތުރު ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން ނިންމާފައި މިވަނީ އަތޮޅުތެރޭގައިވެސް ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވަނިކޮށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައި ބުނެފައި ވަނީ މާދަމަ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން، މޮނިޓަރިންގެ ހާލަތަށް ގެންދެވޭ ރަށްރަށުގައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން އެ ރަށްރަށުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ހަމައެއާ އެކު، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުތުން މަނާކޮށް، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ.

ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި އެ ފިޔަވަޅު އަޅާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށް އެންގުމުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355