twitterviber whatsapp telegramfacebookyoutube instagram
25th October 2026

ޔޫއެފާއިން ބާސެލޯނާ، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ފިޔަވަޅު އަޅަން ނިންމައިފި

ހާޝިމް އަބޫބަކުރު
May 26, 2021

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިން މުޅިން އަލަށް ފަށަން މަސައްކަތްކުރި ޔޫރަޕިއަން ސުޕަ ލީގު ވުޖޫދަށް ގެނައުމަށް ޖުވެންޓަސް، ބާސްލޯނާގެ އިތުރުން ރެއާލް މެޑްރިޑް ބައިވެރިވެފައިވާތީ އެ ޓީމްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޔޫއެފާ އިން ބުނެފިއެވެ.

ޔޫއެފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއެފާއިން ކަނޑައަޅައިފައިވާ އުސޫލުތަކާއި ގާނޫނީ ހަމަތަކަށް ތިން ކްލަބުން ހިލާފުވެފައިވާތީ، ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިޔަށް ގެންދަން ނިންމާފައި ވާކަމަށެވެ.

މި ތިން ކުލަބް އާއި މެދު ފިޔަވަޅު އަޅަން ނިންމާފައި މިވަނީ ޔޫއެފާގެ އިންޕެކްޓަރުން ހިންގި ތަހުގީގެއްގައި އަހްލާގީ މައްސަލަތަކެއް ފެނިފައިވުމާއި އެކު ޔޫއެފާގެ އުސޫލުތަކާއި ހިލާފު ވުމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސުޕަ ލީގުގައި ބައިވެރިވި ނުވަ ޓީމްއަކަށް، ޔޫއެފާއިން މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ފިޔަވަޅެއް އަޅައިފަ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސީޒަންގައި ބާއްވާ ޔޫރަޕްގެ މުބާރާތްތަކުން އެ ކްލަބްތަކަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ފައިސާ އުނިކުރުމަށް ޔޫއެފާއިން ވަނީ ނިންމައިފަ އެވެ.

ޔޫއެފާއިން ހުއްދަ ނުދޭ އެހެން މުބާަރާތެއްގައި އެއްވެސް ޓީމަކުން ބައިވެރި ވެއްޖެ ކަމުގައި ވާނަމަ 100 މިލިއަން ޔޫރޯއިން ޖޫރިމަނާ ކުރުމަށް ވަނި ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293