ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތައް ކަރަންޓީންގެ މުއްދަތު ހަމަވެފައިވާކަން އެންގުމަށް އެޗްޕީއޭއިން ދޫކުރަމުންގެންދާ ރިލީޒް ޑޮކިއުމެންޓް ދޫ ނުކުރާގޮރައް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެ އޭޖެންސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަހެރި ކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިއުމުގެ އިތުރުން އެ މުއްދަތު ހަމަވުމުން ދޫކުރާ ރިލީޒް ޑޮކިއުމެންޓް ދޫ ނުކުރާގޮތަށް ނިންމާފައިވާ ކަަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަހެރިވުމަށް އަންގާ ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުައްދަތު ހިމެނޭނެކަމަށާއި އަދި އެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެކަމަށެވެ.
✳️ ކޯވިޑް-19އަށް ޕޮސިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލުމާބެހޭhttps://t.co/cXbd629KoI
— Health Protection Agency (@HPA_MV) May 26, 2021
ޕޮޒިޓިވްވާ މީހުންގެ ބަލި ހާލާތާއި ގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތު ވާނެކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ. އެގޮތުން 14 ދުވަހުގެ މުއްދަތު ނިމޭއިރުވެސް ހުން އައުން، ނޭވާކާން އުދަނގޫވުން، ކެއްސުން ފަދަ ކަންކަން ހުންނަނަމަ އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެން ދާނެކަމަށް ބުނެފައި ވެއެވެ.
ފަރުވާ ހޯދާ މިހާއަކީ ފެސިލިޓީއެއްގައި ހުރި މިހެއްނަމަ އެކަހެރިކުރެވޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެކަމަށާއި މި ފަދަ މީހުން އެކަހެރިކުރެވޭ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުގެ އިރުޝާދު ދޭގޮތުގެ މަތިން ކަމަށާޢި ގޭގައި އެކަހެރިވެ ހުރި މީހެއްނަމަ ބަލީގެ އަލާމާތް ފެންނަނަމަ ސިއްހީ ލަފަޔާ ފަރުވާ ހޯދުމަށްވެސް އިއުލާނުގައި އެދިފައި ވެއެވެ.