twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީ މަގުތަކުގައި ވަކިގޮތަކަށް ގަސް އިންދުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jun 5, 2021
1

ކުޅުދުއްފުށި ސިޓީގެ މަގުތަކުގައި ވަކި ގޮތަކަށް ގަސް އިންދުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށައިފި އެވެ.

ކުޅުދުއްފުށި ފަދަ ތަރައްގީވަމުން އަންނަ ސިޓީއެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ނަޒަރަކުން އާބަން އިކޯސިސްޓަމްއެއް ދިރުވާ އާލާކުރުމުގެ މަގުސަދު ފެށި މި ޕްރޮޖެކްޓް ފައްޓަވައިދެއްވީ މޭޔަރު މުހައްމަދު އާތިފެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިލުވާން މުހައްމަދު (ރިލޭ) ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ގަސް އިންދަން ފެށީ ބަންޑާރަމަގުގައި ކަމަށާއި މިއީ ވަކި ވައްތަރެއްގެ ގަސްތަކެއް ވަކިގޮތަކަށް ހެއްދުމަށް އިންދި ގަސްތަކެއް ކަމަށެވެ.

ގަސްތައް ބަލަހައްޓާ މޮނިޓަރ ކުރުމުގެ މަސައްކަތް ކައުންސިލުން ކުރިއަށްގެންދާނެ ކަމަށާއި މި ޕްރޮޖެކްޓް ކާމިޔާބުވެއްޖެނަމަ އިތުރު މަގުތަކުގައި މި ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން މިއަދު ހެނދުނު ވަނީ ބަންޑާރަމަގުގައި 126 ރަން ކާނިގަސް އިންދާފަ އެވެ. މި ޕްރޮޖެކްޓަށް ރައްޔިތުންގެ އެއްބާރުލަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައި މިއަދު ވަނީ ފިނި ފެހި ސިޓީގެ ނަމުގައި ކެމްޕެއިނެއްވެސް ކުޅުދުއްފުށީގައި ފަށާފަ އެވެ. މި ކެމްޕެއިންގެ ދަށުން އާ ބަނދަރު ސަރަހައްދުގައި ވަނީ 50 ގަސް އިންދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355