twitterviber whatsapp telegramfacebookyoutube instagram
29th August 2026

ސިޓީން ފްރާންސްގައި ކުޅެން ރޭވި ޕްރީ ސީޒަން މެޗު ކެންސަލްކޮށްފި

މުޙައްމަދު އަހުމަދު
Jul 22, 2021

އިނގިރޭސި ވިލާތުގައި ކަރަންޓީނުވާ އުސޫލުތަކަށް ގެނައި ބަދަލާ އެކު ޕްރިމިއާ ލީގުގެ ގަދަބާރު މެންޗެސްޓާ ސިޓީން ފްރާންސްގައި ކުޅެން ރޭވި ޕްރީ ސީޒަން މެޗު ކެންސަލްކޮށްލައިފި އެވެ.

ސިޓީ ފުޓްބޯލް ގްރޫޕުން ގަނެފައިވާ ޓްރޯޔެސްއާ ދެކޮޅަށް ސިޓީން މެޗު ކުޅެން ރޭވީ މި މަހު 31 ވަނަ ދުވަހު އެވެ. އެ މެޗު ކުޅެވޭތޯ އެކި ދަނޑުތައް ބެލުމަށް ފަހު އެންމެ ފަހުން މެޗު ކެންސަލްކުރަން ނިންމާފައި ވަނީ ވެސް ސިޓީންނެވެ.

މިމެޗު ކެންސަލްކުރަން ސިޓީން ނިންމާފައިވަނީ ފްރާންސަށް ދިއުމަށް ފަހު އަލުން އިންގްލެންޑަށް އެނބުރި އަންނަ ކޮންމެ މީހަކު ފަސް ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭ ގޮތަށް އިންގްލެންޑުން އުސޫލުތައް ބަދަލުކުރުމުންނެވެ.

އަންނަ މަހު ހަތް ވަނަ ދުވަހު އިނގިރޭސި އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ލެސްޓާ ސިޓީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީން ނުކުންނައިރު ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު އެ ޓީމުން ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355