twitterviber whatsapp telegramfacebookyoutube instagram
10th September 2026

ރެއާލުން ޔުނައިޓެޑަށް ވަރާން ވިއްކާލުމަށް އެއްބަސްވެއްޖެ

މުޙައްމަދު އަހުމަދު
Jul 27, 2021

ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސުގެ ޑިފެންޑަރު ރަފައެލް ވަރާން އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ރެއާލް މެޑްރިޑުން ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ރެއާލުން އުމުރުން 28 އަހަރުގެ ރަފައެލް ވަރާން ދޫކޮށްލަން ނިންމީ އޭނާ އެ ގޮތަށް އެދުމުންނެވެ. އަދި މިޑީލްއަށް 58 މިލިއަން ޑޮލަރު ޔުނައިޓެޑުން ހޭދަކުރާއިރު ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ 47 މިލިއަން ޑޮލަރެވެ.

ދެތިން ދުވަހެއްގެ ތެރޭ ޔުނައިޓެޑްގެ މެޑިކަލްތައް ވަރާން ފުރިހަމަކޮށް އެގްރީމެންޓްގައި ސޮއިކުރާނެއިރު އޭނާ ވަނީ އިއްޔެ ރެއާލްގެ ޓްރެއިނިން ކޭމްޕް ދޫކޮށްލާފަ އެވެ. މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑްގެ ސީނިއާ ޓީމާ ގުޅޭނެ ތިން ވަނަ ކުޅުންތެރިޔާއަށް ވަރާން ވެގެން ދާއިރު ޔުނައިޓެޑުން ވަނީ ކުރިން އެ ޓީމަށް ކުޅުނު ގޯލްކީޕަރު ޓޮމް ހީޓަން އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގް ޖޭޑަން ސަންޗޯ ވެސް ގެނެސްފަ އެވެ.

10 އަހަރަށްފަހު ވަރާން ރެއާލް ދޫކޮށްލާއިރު އޭނާ ވަނީ އެކުލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން ސްޕެނިޝް ލީގު ތިން ފަހަރު، ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކުރުމުގެ އިތުރުން ކޮޕަ ޑެލް ރޭ އެއްފަހަރު ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ވަރާން ވަނީ ފްރާންސާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293