twitterviber whatsapp telegramfacebookyoutube instagram
18th April 2025

ކޫންޑޭ ގެންނަން ޔޫރަޕުގެ ޗެމްޕިއަން ޗެލްސީން ވިސްނަނީ

މުޙައްމަދު އަހުމަދު
Jul 28, 2021

ސުޕެއިނުގެ ސެވިއްޔާއަށް ކުޅޭ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭ ގެނައުމުގެ މަޝްވަރާތައް ޔޫރަޕުގެ ޗެމްޕިއަން ޗެލްސީން ފަށައިފި އެވެ.

ޗެލްސީން މަޝްވަރާތައް ފެށުމުގެ ކުރިން ޓޮޓެންހަމް އިން ކޫންޑޭ ގެންނަން 25 މިލިއަން ޕައުންޑާއި ޑަވިންސަން ސަންޗޭޒް ދޭން އޮތީ ތައްޔާރަށެވެ. އެއީ ޓޮޓެންހަމް ޗެމްޕިއަންސް ލީގުގައި ނެތުމުން ކަމަށް ބުނެ ކޫންޑޭ މި ޑީލަށް ދެކޮޅު ހެދި އެވެ.

އުމުރުން 22 އަހަރުގެ ކޫންޑޭ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ފުރާންސް ޓީމުން ޖާގަ ބޭނުންވާތީ ރަނގަޅު ކްލަބަކަށް ދާން އޭނާ ބޭނުންވެ އެވެ.

ޗެލްސީން އަންނަނީ މިފހަރުގެ ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންތަކެއް ވިއްކާލުމަށް ވިސްނަމުންނެވެ. ޗެލްސީން ވިއްކާލަން ވިސްނަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ޓެމީ އަބްރަހަމް، ރޮސް ބާކްލޭ، ޑެނީ ޑްރިންކްވޯޓާ އަދި ރުބެން ލޮފްޓަސް-ޗީކް ހިމެނެ އެވެ.

މި ޓްރާންސްފާ މާކެޓްގައި ޗެލްސީން ބޭނުންވަނީ ކުޅުންތެރިން ވިއްކައިގެން ލިބޭނެ ފައިސާ އަށް ބެލުމަށް ފަހު ހަރަދުތައް ކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355