twitterviber whatsapp telegramfacebookyoutube instagram
17th December 2025

ލީކްވި ފޮޓޯތަކަށް ރޫނީ މާފަށް އެދިއްޖެ

މުޙައްމަދު އަހުމަދު
Jul 29, 2021

ޑާބީގެ މެނޭޖަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ވޭން ރޫނީ އޭނާ ކަމަށް ދައުރުވަމުންދާ ފޮޓޯތަކަށް މާފަށް އެދިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ލީކްކޮށްލި ފޮޓޯތަކުން މަސްތުގެ ހާލުގައި ނިދިފައި އޮތް ރޫނީ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި ޒުވާން އަންހެނުންތަކަކާ އެކު ވަގުތުތަކެއް ހޭދަކުރާތަން ފެންނައިރު އޭނާ ވަނީ އޭނާގެ އާއިލާ އަށާއި ޑާބީގެ ގާތުން މާފަށް އެދިފަ އެވެ.

ރޫނީ މަޝްހޫރު ނޫސް ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއަށް ކުށެއް ކުރެވިއްޖެ ކަމަށާއި ދައުރުވަމުންދާ ފޮޓޯތަކަށް އާއިލާ އާއި ޑާބީގެ ގާތުން މައާފަށް އެދޭ ކަމަށެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފޮޓޯތައް ލީކްކޮށްލީ ފައިސާ ހޯދަން ބްލެކްމެއިލް ކޮށްފަ އެވެ. ޗެޝަޔާ ޕޮލިހަށް ވެސް މި މައްސަލަ ރޫނީގެ ގާނޫނީ ޓީމުން ވަނީ ހުށަހަޅައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355