twitterviber whatsapp telegramfacebookyoutube instagram
26th February 2026

ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެވޭ އުސޫލުތައް މުރާޖައާ ކުރަނީ

ޚަދީޖާ އާދަމް
Aug 10, 2021
1

ވެކްސިންގެ ކަވަރޭޖް ފުރިހަމަ ކޮށްފައިވާ ރަށަކުން ކޮވިޑް ޖެހިފައިވަ މީހަކު ފެނުނަސް މުޅި ރަށް މޮނިޓަރިން އަށް ނުލާ، މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށާ މެދު އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލު މުރާޖައާ ކުރުމަށް އެ ބައްޔާ ގުޅޭ ގޮތުން ކަންކަން ކަނޑައަޅާ ޕޮލިސީ ބޯޑަށް ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޕޮޒިޓިވް ކޭސްއެއް ފެނުނަސް މުޅި ރަށް ބަންދު ނުކުރާ ގޮތަށް ހެދުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުން ހޯމް ކަރަންޓީނުގައި ހުއްޓާ މީހަކު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ރަށްރަށް މޮނިޓަރިންއަކަށް ނުގެނެ އެވެ. ނަމަވެސް ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވުމާއި ފްލޫ ކްލިނިކްތަކަށް ދައްކައިގެން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއި ދެމުން އަންނައިރު ރާއްޖޭގައި ކޮވިޑުގެ ހާލަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވެކްސިން ޖެހުމަށް ހުރިހާ ރައްޔިތުންގެ ކިބައިންވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355