ކުޅުދުއްފުށި ސިޓީ މޮނިޓަރިންގައި އޮތް 17 ދުވަހު ދަތުރު ފަތުރަށް 3000 އަށްވުރެ ގިނަ ހުއްދަ ރިކުއެސްޓް ޕްރޮސެސް ކޮށްފައިވާކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ކުޅުދުއްފުށި މޮނިޓަރިންގއަށްލީ މިދިޔަމަހު 24 ވަނަ ދުވަހު ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މޮނިޓަރިންގ ނެގީ އޯގަސްޓް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެވެ.
ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގެ ތެރޭގައި ކުޅުދުއްފުށީގެ ދަތުރުފަތުރުތަކަށް ލިބުނު 3423 ހުއްދަ ރިކުއެސްޓް ޕްރޮސެސް ކޮށްފައިވާކަމަށެވެ.
- 1333 ފަރާތަކަށް އީއޯސީ އިން ޖަވާބުދިން
- 143 އުޅަނދަކަށް ދަތުރުފަތުރުގެ ހުއްދަ ދިން
- ރަށަށް އައުމަށް 322 ފަރާތަކަށް ހުއްދި ދިން
- ސިއްހީ ހިދުމަތް ހޯދުމަށް 172 ފަރާތްތަކަށް ހުއްދަ ދޫކުރި
- ކުޅުދުއްފުށިން ދަތުރުން ކުރުމަށް 948 ހުއްދައެއް ދޫކުރި
- ވެލި, މަސްވެރިކަމަށް އަދި އެހެނިހެން ދަތުރުތަކަށް 410 ހުއްދައެއް ދޫކުރި
މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި 95 މީހަކަށް ހޯމް ކަރަންޓީނު ހުއްދަ ދޫކޮށްފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެ އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، އާބާދީގެ 90 އިންސަތަ މީހުން ވެކްސިން ޖެހުމުން މޮނިޓަރިންގއަށް ނުލައި ލުއި ދޭން މަޝްވަރާ ކުރެވެމުންދާ އިރު ވެކްސިން ޖެހޭ އާބާދީގެ ވެކްސިން ފުރިހަމަ ނުކުރައްވާ ބޭފުޅުން ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އަދި 90 އިންސަތަ ވެކްސިން ޖެހުމުން ޕީސީއާރު ޓެސްޓާއި ނުލައި ދަތުރު ކުރެވޭ ހިތަށް ދެވިފައިވާ ލުއި ގެ ފައިދާ މިސިޓީއަށް ދަތުރު ކުރާ ފަރާތްތަކަށް ލިބިގެންދާނީ ވެސް އޭރުން ކަމަށާއި ޕޮޒިޓިވް ކޭސް ތަކާއި ގުޅިގެން މޮނިޓަރިންގ އަށް ލާ ކޮންމެ ފަހަރަކު ސިޓީގެ އިގްތިސާދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށް ހުރިހާ ބޭފުޅުން ވެސް ވެކްސިން ގެ ޑޯޒްތައް ފުރިހަމަ ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިހާރު ވެކްސިންގ ޖެހިފައިވަނީ 75 އިންސަތަ މީހުންނަށް ކަމަށެވެ.
ކުރިއަށް އޮތްތާ ކޮވިޑް ސޭފް ޕޯޓަލްއަށް އަހުލުވެރިވެ، ދަތުރުކުރުމުގައި ކޮވިޑް ސޭފް ޕޯޓަލަށް ބޭނުންކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. ޑެޕިއުޓީ މޭޔަރ ވިދާޅުވީ ޕޯޓަލްއަށް އަހުލުވެރިވުމުން ހުއްދަތައް ދޫކުރުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ހަލުވި ވެ އަވަސްވެގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ މީހުން ދަތުރުކުރާ ރަށަކީ ކުޅުދުއްފުށި ވުމުން، މޮނިޓަރިންއަށްލާ ކޮންމެ ފަހަރަކު އެތަކެއް ބަޔަކަށް ބޮޑެތި ދަތިތަކެއް ކޮންމެ ފަހަރަކުވެސް ކުރިމަތިވެ އެވެ.