twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑްގައި މަރުވާ މީހުން ތަޔަންމަމު ކުރުމުގެ ބަދަލުގައި ފެނުން ހިނަވަނީ

މުޙައްމަދު އަހުމަދު
Aug 23, 2021

ކޮވިޑް-19 ބަލީގައި މަރުވާ މީހުން ތަޔަންމަމުކޮށްގެން ހިނަވަމުން އައި އައުން ބަދަލުކޮށް ފެނުން ހިނަވާ ގޮތަށް އެއުސޫލު ބަދަލުކޮށްފި އެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުން ހިނަވަމުން އަންނަނީ ތަޔަންމަމު ކޮށްގެން ނަމަވެސް އެ އުސޫލު ބަދަލުކޮށް އެމީހުންވެސް ފެން ބޭނުންކޮށްގެން ހިނަވަން މިއަދު ވަނީ ފަށާފަ އެވެ.

މިއުސޫލު މިއަދު ބަދަލުކުރުމާއެކު މިއަދު މަރުވި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައި އުމުރުން 75 އަހަރުގެ އަންހެން މީހާ ހިނެވީ ފެނުންނެވެ.

މިގޮތަށް އުސޫލު ބަދަލުކުރިކަން ހާމަކޮށް ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އުސޫލު ބަދަލުކުރިއިރު އެކަމަށް ޖަމާއަތްތެރިން ތަމްރީން ކޮށްފައިވާ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅާފައިވާ ކަމަށެވެ.

އުސޫލު ބަދަލުވި ނަމަވެސް މަރުވާ މީހުން ހިނެވުމާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ ހުޅުމާލެ ސަހަރާގަ އެވެ. އަދި މޫނު ދެއްކުން ކުރިއަށް ގެންދާނީ ކުރިއެކޭވެސް އެއްގޮތަށެވެ.

ރާއްޖޭގައި މިހާތަނަށް މިބަލީގައި 223 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355