twitterviber whatsapp telegramfacebookyoutube instagram
13th August 2026

ޕެލޭގެ ހާލު އަންނަނީ ރަނގަޅުވަމުން: ކެލީ

މުޙައްމަދު އަހުމަދު
Sep 18, 2021

ދުނިޔެދުށް އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އޭނާގެ އަންހެން ދަރި ކެލީ ނަސިމެންޓޯ ބުނެފި އެވެ.

އުމުރުން 80 އަހަރުގެ ޕެލޭ ވަނީ މިމަހުގެ ކުރީކޮޅު އޭނާގެ ކޯލޯންއިން ޓިއުމަރެއް ނެގުމުގެ ސާޖަރީއެއް ހަދާފަ އެވެ. އަދި އިންޓެންސިވް ކެއާރ ޔުނިޓުގައި ފަރުވާ ހޯދުމަށްފަހު އޭނާ ދޫކޮށްލީ މިދިޔަ ބުދަ ދުވަހު އެވެ.

ބައްޔަށް އިތުރަށް ފަރުވާހޯދަން އަނެއްކާވެސް ދެވަނަ ފަހަރަށް އޭނާ ހޮސްޕިޓަލުގައި ބޭއްވިކަން ސައުޕޯލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޕެލޭގެ ދަރި ކެލީ ބުނީ ބައްޕަ މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު އޮތީވެސް ނޯމަލް ރޭންޖެއްގައި ކަމަށެވެ.

ޕެލޭ އަންނަނީ އޭނާގެ ރުޓީން ޓެސްޓުތަކުން ޓިއުމަރު ދެނެގަނެވުން ހިސާބުން ހޮސްޕިޓަލުގައި ބައްޔަށް ފަރުވާކުރަމުންނެވެ. އެއީ 31 އޮގަސްޓުން ފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355