twitterviber whatsapp telegramfacebookyoutube instagram
6th September 2026

މޮނީޓަރިންނަށް ލާފައިވާ ރަށްތަކުގެ އަދަދު ދަށަށް

ޚަދީޖާ އާދަމް
Sep 26, 2021

ކޮވިޑް-19 އާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ދަށްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ނެރެފައިވާ ލިސްޓުން ދައްކައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކުރި ލިސްޓުގައި އޮތީ 11 ރަށެކެވެ. ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި މޮނިޓަރިންއަށްލީ ރަށްތައް ވަނީ މަދު ވެފައިއެވެ.

މި މަސް ފެށުނު އިރު އެ ލިސްޓުގައި 23 ރަށެއް އޮތެވެ. އަދި މަހުގެ މެދު ތެރޭގައިވެސް އެ ލިސްޓުގައި 22 ރަށް އޮތެވެ. މިހާރު މޮނިޓަރިންގައި އޮތީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމަޔަށް މޮނިޓަރިންއަށް ލައިފައިވާ ރަށްތަކެވެ.

ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،614 އެވެ. މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 16 ފަރާތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355