twitterviber whatsapp telegramfacebookyoutube instagram
23rd October 2026

މިވަގުތު މޮނީޓަރިންގައި އޮތީ 16 ރަށް

ޚަދީޖާ އާދަމް
Sep 30, 2021

ކޮވިޑް ކޭސްތައް ފެނިގެން މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ 16 ރަށްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.

މިމަހުގެ މިހާތަނަށް 11 ރަށެށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެއީ ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި، ތ. ދިޔަމިގިލި، ށ. މާއުނގޫދޫ، ފ. ނިލަންދޫ، ނ. ވެލިދޫ، އދ. މަހިބަދޫ އަދި އެ އަތޮޅު އޮމަދޫ އެވެ.

މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސް ވެފައިވާ ރަށަކީ މިދިޔަ އޮގަސްޓަމަހު 20 ވަނަ ދުވަހު މޮނީޓަރިންނަށް ލީ ކ ގާފަރެވެ. މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ އަދަދު މިހާރު އުޅެނީ ފަހެއްގަ އެވެ. އެއީ ގާފަރުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އެވެ.

ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދު 84720 އަށް އަރާފައިވާއިރު އިއްޔެގެ ތަފާސްހިސާބުތަކާ ހަވަލާދީ އެޗްޕީއޭން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 108 މީހުނަކީ އަތޮޅުތެރެއިން ބަލި ޖެހުނު މީހުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293