މެސީ އާއި ރޮނާލްޑޯއަށް ވުރެ ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ރަނގަޅު ރަނގަޅުކަމަށް ކުރީގެ ބްލެކްބާން ރޯވާސްގެ ސްޓްރައިކަރު ކްރިސް ސަޓަން ބުނެފި އެވެ.
މިމަހު ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ސަލާހް ޖެހި ލަނޑަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ މޮޅު އެއް ގޯލުކަމަށް ކުރީގެ އިންގްލެންޑް ސްޓަރައިކަރު އެލަން ޝެއަރާ ވެސް ވަނީ ބުނެފަ އެވެ.
ކުރިސް ސަޓަން ބުނީ މިވަގުތު ލިއޮނަލް މެސީއާއި ކުރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ ސަލާހް މޮޅު ކަމަށެވެ. ސަލާހް ވަނީ މިސީޒަނުގައި ލިވަޕޫލް ކުޅުނު 9 މެޗުން 9 ލަނޑު ޖަހާފަ އެވެ.
ސަލާހްގެ 100 ވަނަ ޕްރިމިއާ ލީގު ގޯލު ސެޕްޓެމްބަރުގައި ކާމިޔާބުކުރުމަށް ފަހު އޭނާ ސިޓީ ކޮޅަށް މިމަހު ޖެހި ގޯލަކީ ސަލާހްގެ ފަރާތުންވެސް ފެނިގެންދިޔަ އެންމެ މޮޅު އެއް ގޯލެވެ.
"ސަލާހް އަބަދުވެސް އެހިފަހައްޓާ ލެވެލް އަކީ އޭނާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މިވަގުތުވާ ސަބަބަކީ." ސަޓަން ބުންޏެވެ.
މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް އެންމެފަހުން ބައްދަލުކުރި މެޗު ނިމުނީ 2 - 2 ން އެއްވަރުވެގެންނެވެ.