twitterviber whatsapp telegramfacebookyoutube instagram
15th December 2025

ބްލެކްމެއިލްގެ މައްސަލަ ސާބިތުވެ ބެންޒެމާއަށް 1 އަހަރުގެ ޖަލު ހުކުމެއް

މުޙައްމަދު އަހުމަދު
Nov 24, 2021

ފްރާންސްގެ މެތިއު ވެލްބުއޭނާ ބްލެކްމެއިލް ކުރި ކަމުގެ ކުށް ސާބިތުވެ ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ 1 އަހަރަށް ޖަލަށް ލުމަށް ފްރާންސްގެ ކޯޓަކުން މިއަދު ހުކުމުކޮށްފި އެވެ.

އެހެންނަމަވެސް އެ ހުކުމް ވަނީ ތަންފީޒްކުރުން ފަސްކޮށްފަ އެވެ. އަދި މީގެއިތުރުން އޭނާ ވަނީ 75000 ޔޫރޯ (84000 ޑޮލަރު)ން ޖޫރިމަނާކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑް ކުޅޭ މެޗަށް ޓީމާ އެކު މޮލްޑޮވާ އަށް ގޮސް ހުރި ބެންޒެމާ މިއަދު ބޭއްވި ޝަރީއަތަށް ހާޒިރު ނުވާއިރު އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

"ހަގީގަތުގައި ކަން ހިނގިގޮތާއި މިނަތީޖާއާ އެއްވެސް ގޮތަކަށް ދިމަލެއް ނުވޭ" ބެންޒެމާގެ ވަކީލު އެންޓޮއިން ވޭ ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން 2015 ވަނަ އަހަރު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ ފްރާންސްގެ ސްކޮޑުން ބެންޒެމާ އެކަހެރި ކޮށްފަ އެވެ. އެހެންނަމަވެސް މިދިޔަ ޔޫރޯއަށް ބެންޒެމާ ވަނީ އަލުން ސްކޮޑްގައި ހިމަނާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355