twitterviber whatsapp telegramfacebookyoutube instagram
23rd October 2026

14،000އަށް ވުރެ ގިނަ މީހުން ބޫސްޓާ ޑޯޒް ޖަހައިފި

މުޙައްމަދު އަހުމަދު
Dec 4, 2021

ކޮވިޑްގެ ތިންވަނަ ޑޯޒްގެ ގޮތުގައި ދެމުންގެންދާ ބޫސްޓާ ޑޯޒް 14000އަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ތިންވަނަ ޑޯޒް އެޗްޕީއޭއިން ޖަހަން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޖަހަން ފަށާފައިވާއިރު އެންމެ ފުރަތަމަ މި ޑޯޒް ދިނީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ.

އެހެންނަމަވެސް މިވެކްސިންމިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުން ކުރަނީ ކޮވިޝީލްޑާއި، ސިނަފާމް، އެސްޓްރާޒެނަކާ އަދި ފައިޒާ އެވެ. އޭގެތެރެއިން ތިންވަނަ ޑޯޒްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިން އެކަންޏެވެ.

މިހާތަނަށް އެ ވެކްސިންގެ ތިންވަނަ ޖަހާފައިވަނީ 14157 މީހުންނެވެ. އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް މިހާތަނަށް މުޅި ޖުމްލަ 395879 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި 364402 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ސެންޓަރުތަކަށް ވެކްސިން ޖަހަން ދާއިރު ވެކްސިން އެޕޮއިންޓްމަންޓް ހައްދަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293