twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ހދ ގެ 7 ރަށެއްގައި ކޮވިޑް ކޭސްތައް ފެތުރެނީ

ނަބީލާ އިސްމާޢީލް
Jan 9, 2022

ސްކޫލު ބަންދުތެރެއާއި ދިމާކޮށް ހދ. ގެ 7 ރަށަކުން ކޮވިޑްގެ ކޭސްތައް ފެނި އެރަށްތަކުގައި ބަލި އަންނަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ.

އެގޮތުން ހދ. ކުޅުދުއްފުށީ، ކުރިނބީ، ނޮޅިވަރަންފަރު، ނައިވާދޫ، ވައިކަރަދޫގެ އިތުރުން ނޮޅިވަރަމް އަދި ނެއްލައިދޫ އިން ވަނީ ކޮވިޑްގެ ކޭސްތަކެއް ފެނިފަ އެވެ. ނަމަވެސް މީގެ ތެރެއިން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ބަންދުގައި މި ވަގުތު އޮތީ ހަމައެކަނި ނައިވާދޫ އާއި ނެއްލައިދޫ އެވެ.

ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން އަންނަ ކުޅުދުއްފުށިން 48 ކޮވިޑް ކޭސް ރިޕޯޓް ކޮށްފައިވާއިރު ކުރިނބިން 2 ކޭސް، ނޮޅިވާރަންފަރުން 39 ކޭސް، ނައިވާދޫއިން 23 ކޭސްގެ އިތުރުން ވައިކަރަދޫއިން 6 ކޭސް ނޮޅިވަރަމުން 1 ކޭސް އަދި ނެއްލައިދޫއިން 4 ކޭސް ފެނިފައިވާކަމަށް ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޭއާރުއެޗުގެ އޮފިސަލަކު ވިދާޅުވި އެވެ.

ނޮޅިވާރަންފަރާއި ކުޅުދުއްފުށީގައި ގުޅުމެއްނެތް އެކި ކްލަސްޓާތައް އުފެދިފައިވާތީ ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތްކަމަށް ހެލްތް އޮފިސަލުން ވަނީ ވިދާޅުވި އެވެ.

ހުރިހާ ފަރާތްތަކުން ބަލި ނުފެތުރޭނެހެން އުޅުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293