twitterviber whatsapp telegramfacebookyoutube instagram
20th August 2025

8 ދިވެހިންނަށް އޮމިކްރޯން ޖެހިފައިވޭ: އެޗްޕީއޭ

ޚަދީޖާ އާދަމް
Jan 11, 2022

އަށް ދިވެހިންނަށް ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާކަމަށް އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

އެޗްޕީއޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތިމަތު ނަޒްލާ މާލޭގައި މުޖުތަމައުގެ ތެރޭގައި މިހާރު އޮމިކްރޯން ވޭރިއަންޓް އުޅޭ ކަމަށާއި މި ހަފްތާ 7 ދިވެހިން އޮމިކްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި މިދިޔަ ހަފްތާގައި ވެސް ދިވެއްސަކު އެ ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާ ކަމަށް ނަޒްލާ ވިދާލުވި އެވެ.

މާލޭގެ އިތުރުން މާފުއްޓާއި، ކުޑަހުވަދޫން ވެސް އޮމިކްރޯން ވޭރިއަންޓް ވަނީ ފެނިފައެވެ. އަދި މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކު ވެސް އޮމިކްރޯންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355