twitterviber whatsapp telegramfacebookyoutube instagram
23rd October 2026

އެޗްޕީއޭ ބަންދުގައިވާ ރަށްތަކުގެ އަދަދު 13 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Jan 17, 2022
1

ކޮވިޑް ބަލި ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގއަށް ލާފައިވާ ރަށްތަކުގެ އަދަދު 13 އަށް އަރައިފި އެވެ.

އެޗްޕީއޭއިން އިއްޔެ ބަންދުކުރި ތިން ރަށަކީ ގދ. ގައްދޫ އާއި ރ. އުނގޫފާރު އަދި ހދ. ހަނިމާދޫ އެވެ.

ކޮވިޑް-19 އިގެ އެކްޓިވް ކޭސްތަކާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ވަރަށް ފަހުން ދަށްވުމަށް ފަހު އަނެއްކާ މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ.

އެޗްޕީއޭގެ ބަންދުގައި މި ވަގުތު އޮތް ރަށްތަކަކީ

  • ހދ. ހަނިމާދޫ
  • ހދ. ނެއްލައިދޫ
  • ހދ. ނޮޅިވަރަންފަރު
  • ހއ. އިހަވަންދޫ
  • ށ. ފުނަދޫ
  • ރ. އުނގޫފާރު
  • ބ. ދަރަވަންދޫ
  • ދ. ބަނޑިދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ކ. މާފުށި
  • ކ. ތުލުސްދޫ
  • ގދ. ގައްދޫ

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަނީ ގޯސްވާން ފަށާފަ އެވެ. އިއްޔެ ކޮވިޑަށް 1209 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 408 އެވެ.

ކޮވިޑް ބައްޔަށް މި ވަގުތު ހޮސްޕިޓަލްތަކުގައި 26 މީހަކަށް ފަރުވާދެމުން އަންނަ އިރު މި ބަލީގައި ރާއްޖެއިން 265 މީހުން ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293