twitterviber whatsapp telegramfacebookyoutube instagram
23rd October 2026

އެޗްޕީއޭ ބަންދުގައިވާ ރަށްތަކުގެ އަދަދު 17 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Jan 22, 2022

ކޮވިޑް ބަލި ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގެ އަދަދު 17 އަށް އިތުރުވެއްޖެ އެވެ.

ކޮވިޑް-19 އިގެ އެކްޓިވް ކޭސްތަކާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ވަރަށް ފަހުން ދަށްވުމަށް ފަހު ސްކޫލު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އިތުރުވާން ފެށިގޮތަށް އަނެއްކާ މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް ވެސް އެޗްޕީއޭއިން ވަނީ 15 ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ.

އެޗްޕީއޭގެ ބަންދުގައި މި ވަގުތު އޮތް ރަށްތަކަކީ

  • ހދ. ހަނިމާދޫ
  • ހދ. ނެއްލައިދޫ
  • ހދ. ނޮޅިވަރަންފަރު
  • ހއ. އިހަވަންދޫ
  • ހއ. ދިއްދޫ
  • ށ. ފުނަދޫ
  • ރ. އުނގޫފާރު
  • ބ. ދަރަވަންދޫ
  • ބ. އޭދަފުށީ
  • ބ. ގޮއިދޫ
  • ދ. ބަނޑިދޫ
  • ތ. ގުރައިދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ކ. މާފުށި
  • ކ. ތުލުސްދޫ
  • ގދ. ގައްދޫ

ރާއްޖޭގެ ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަނީ ގޯސްވާން ފަށާފައިވާއިރު ދުނިޔޭގެ އެކި ގައުމު ތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއެންޓް، "އޮމިކްރޯން" ރާއްޖެއިން ވެސް މިހާރު ވަނީ ފެނިފައެވެ. އިއްޔެ އެކަނިވެސް ކޮވިޑަށް 1697 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293