twitterviber whatsapp telegramfacebookyoutube instagram
23rd October 2026

މޮނީޓަރިންގައި އޮތްރަށްތަކުގެ އަދަދު 32 އަށް

ޚަދީޖާ އާދަމް
Jan 30, 2022

ކޮވިޑް ކޭސްތައް ފެނި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މޮނީޓަރިންނަށް ލީ ރަށްތަކުގެ އަދަދު 32 އަރައިފި އެވެ.

އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫއެވެ. މި ދެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ޑިސެންބަރުމަހު ފަހުކޮޅުއެވެ.

އެންމެ ފަހުން މޮނީޓަރިންނަށް ލާފައިވަނީ ބ ކެންދޫއެވެ. އެއީ ޖެނުއަރީމަހު 28 ގައެވެ.

ކޮވިޑްގެ 4 ވަނަ ރާޅާއެކު ރާއްޖޭން މީހުން ޕޮޒިޓިވްވާ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުން ކޮވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ.

މިވަގުތު ރާއްޖޭގެ އެކްޓިވް ކޭސްތައްކުގެ އަދަދު އުޅެނީ 17،732 ގައެވެ. އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް އަތޮޅުތެރެއިން އިތުރު 994 މިހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293