twitterviber whatsapp telegramfacebookyoutube instagram
21st September 2024

މޮނީޓަރިންގައި އޮތް ރަށްތަކުގެ އަދަދު އަދިވެސް މައްޗަށް

ޚަދީޖާ އާދަމް
Feb 1, 2022
2

ކޮވިޑް ކޭސްތައް ފެނި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މޮނީޓަރިންނަށް ލާފައިވާ ރަށްތަކުގެ އަދަދު 35 އަރައިފި އެވެ.

މިވަގުތު މޮނީޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނީޓަރިންގައި އޮތީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު މޮނީޓަރިންގެ ހާލަތަށް ގެނައި ކ މާފުއްޓާއި، ހއ އިހަވަންދޫ އެވެ.

މިވަގުތު މޮނީޓަރިންގައި އޮތް ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ، ހދ. ވައިކަރަދޫ، ހދ ކުޅުދުއްފުށި، ހއ ދިއްދޫ ށ. ފުނަދޫ، ށ. މިލަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ކ. ގުރައިދޫ، ބ. ކެންދޫ، ރ. ކިނޮޅަސް، ބ. ތުޅާދޫ، ރ. އިނގުރައިދޫ ހިމެނެއެވެ.

އަދި މީގެ އިތުރުން ބ. އޭދަފުށި، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރީ، ގދ. ތިނަދޫ، ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ގއ. ކޮލަމާފުށި އަދި ނ. މާޅެންދޫވެސް އޮތީ މޮނީޓަރިންގައެވެ.

ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން 1،407 މީހުންނާއި އަތޮޅުތެރެއިން 962 މީހުންނާ އެކު ޖުމްލަ 2،754 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355