twitterviber whatsapp telegramfacebookyoutube instagram
4th May 2024

އެޗްޕީއޭ ބަންދުގައިވާ ރަށްތަކުގެ އަދަދު 40 އަށް އަރައިފި

Feb 6, 2022
1

ކޮވިޑް ބަލި ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގެ އަދަދު 40 އަށް އިތުރުވެއްޖެ އެވެ.

ކޮވިޑް-19 އިގެ އެކްޓިވް ކޭސްތަކާއި ގުޅިގެން އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު މިފަހުން ވަނީ އިތުރުވާން ފަށާފަ އެވެ.

އެޗްޕީއޭގެ ބަންދުގައި މި ވަގުތު އޮތް ރަށްތަކަކީ

  • ހއ. އިހަވަންދޫ
  • ހއ. ދިއްދޫ
  • ހދ. ނޮޅިވަރަމްފަރު
  • ހދ. ހަނިމާދޫ
  • ހދ. ކުޅުދުއްފުށި
  • ހދ. ވައިކަރަދޫ
  • ށ. ފުނަދޫ
  • ށ. ކަނޑިތީމު
  • ށ. މިލަންދޫ
  • ގދ. ގައްދޫ
  • ރ. އުނގޫފާރު
  • ކ. ގުރައިދޫ
  • ކ. މާފުށި
  • ބ. ގޮއިދޫ
  • ބ. އޭދަފުށި
  • ބ. ކެންދޫ
  • ބ. ތުޅާދޫ
  • ތ. ގުރައިދޫ
  • ޅ. ކުރެންދޫ
  • ލ. ދަނބިދޫ
  • ލ. ހިތަދޫ
  • ލ. ފޮނަދޫ
  • ލ. ގަން
  • ވ. ކެޔޮދޫ
  • ނ. ކުޑަފަރި
  • ނ. މާޅެންދޫ
  • ނ. ހޮޅުދޫ
  • ރ. ކިނޮޅަސް
  • ރ. އިނގުރައިދޫ
  • ރ. އަލިފުށި
  • އދ. މަހިބަދޫ
  • ދ. ކުޑަހުވަދޫ
  • ދ. ހުޅުދެލި
  • ގދ. ވާދޫ
  • ގއ. ކޮލަމާފުށި
  • ތ. ވިލުފުށި
  • ގދ. ފިޔޯރީ
  • ގދ. ހޯނޑެއްދޫ
  • ގދ. ތިނަދޫ
  • ގދ. މަޑަވެލި

އެންމެ ގިނަ ދުވަސް ވަންދެން ބަންދުގައި އަދިވެސް އޮތީ ކ. މާފުއްޓެވެ. އެ ރަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އޮތީ މޮނިޓަރިންގައެވެ. މިލިސްޓަށް އެންމެ ފަހުން އިތުރު ކުރީ ލ. ފޮނަދޫއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355