twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހަށިގަނޑު ފަޅައި ނުލައި، ފުރަތަމަ ފަހަރަށް ހިތުގެ ވޭލެއް ރާއްޖޭގައި ބަދަލުކޮށްފި

Feb 19, 2022

ހިތުގެ ވޭލުތައް ބަދަލުކުރުމަށްޓަކައި، ހިތް ފަޅާ ނުލައި ކުރާ ސާޖަރީއެއް ކަމަށްވާ ޓްރާންސް-އެއޯޓިކް ވޭލްވް އިމްޕްލާންޓް ސާޖަރީއެއް އޭޑީކޭގައި ކާމިޔާބުކަމާ އެކު ކޮށްފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ސާޖަރީއެއް ހެދި ފުރަތަމަ ފަހަރެވެ. މިއާ އެކު ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ވެސް މި އޮޕަރޭޝަން ކާމިޔާބު ކަމާ އެކު ހެދި ތިން ވަނަ ގައުމެވެ.

ޓްރާންސް އަޔޯޓިކް ވޭލްވް އިމްޕްލާންޓޭޝަން ނުވަތަ ޓަވީއަކީ ހިތުގެ ވޭލެއް ތާށިވުމުން ފައިވަޅު ކައިރިން ހިތާ ހިސާބަށް ކެތެޓާއެއް ލައްވައިގެން ކުރާ ސާޖަރީއެކެވެ. މިއީ އާންމުކޮށް އުމުރުން ވަރަށް ބޮޑަށް ދުވަސްވުމުން ވޭލެއް ތާށިވާތީ ހަދާ ޕްރޮސީޖާ އެކެވެ.

އޭޑީކޭއިން ބުނީ މި ސާޖަރީ ކޮށްފައިވަނީ 81 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށެވެ. އަދި މިއީ ވަކި ކަންތައްތަކަކަށް ބަލައި، ހޮވާލެވޭ މަދު ބަޔަކަށް ނޫނީ ނުކުރެވޭ ސާޖަރީއެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެ ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އޮޕަރޭޝަންގައި ބައިވެރިވެވަޑައިގަތް، ޑރ. ސައިސަތިޝް ވިދާޅުވީ އިއްޔެ ސާޖަރީ ހެދި މީހާއަކީ ވެސް ސިއްހީ ބޮޑު މައްސަލައެއް ހުރި މީހެއް ކަމަށާއި އެ ކޭސްއަކީ ވެސް ޗެލެންޖިން ކޭސްއެއް ކަމަށެވެ.

އެ ސާޖަރީގައި އިސްކޮށް އުޅުއްވި ދިވެހި ޑރ. މުހައްމަދު ޝާފިއު ވިދާޅުވީ އުމުރުން ދުވަސްވުމުން ވޭލް ތާށިވާ ކަމަށާއި އެގޮތަށް ތާށިވާ ވޭލް ވަރަށް އަވަހަށް ނަގަން ޖެހޭ ކަމަށެވެ.

މި ސާޖަރީ ކުރުމުގައި އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޓީމެއް ވަނީ ހަރަކާތްތެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355