twitterviber whatsapp telegramfacebookyoutube instagram
20th August 2025

ޕީސީއާރާ ނުލައި ރަށްރަށަށް ދެވޭގޮތް ހަދައިފި

ޚަދީޖާ އާދަމް
Feb 21, 2022

މާލެއިން ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭގޮތަށް ފިޔަވަޅުތަކަށް ބަދަލު ގެނެސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް އެކަން އިއުލާނުކޮށްފައެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވާން ފެށުމުން މާލެއިން ރަށްރަށަށް ދާ ނަމަ ޕީސީއާރު މަޖުބޫރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީމަހު 9 ވަނަ ދުވަހުއެވެ.

އެ ދުވަހު އެޅި ފިޔަވަޅުތަކަށް ބަދަލު ގެނެސް އެޗްޕީއޭ އިން މިރޭ ބުނީ މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލާފައިވާ ކަމަށެވެ.

އެޗްޕީއޭއިން މި އުސޫލު އުވާލުމުގެ ކުރީންވެސް މި ފަހުން ގިނަ ބަަޔަކު ރަށްރަށަށް ދަތުރުކުރަނީ ޕީސީއާރު ނުހައްދައެވެ. އެ އުސޫލު ނެރުނަސް އެކަން ތަންފީޒު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ދެ މަހެއްހާ ދުވަސް ވަންދެން ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތުމަށް ފަހު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355