twitterviber whatsapp telegramfacebookyoutube instagram
30th May 2025
ދަތުރުކުރަން ދެން ޕީސީއާރު ބޭނުމެއް ނުވާނެ-- 📷 އަވަސް

ވެކްސިން ނުޖެހިޔަސް ދަތުރުކުރާއިރު ދެން ޕީސީއާރް ހަދަން ނުޖެހޭނެ

ޚަދީޖާ އާދަމް
Mar 13, 2022

ވެކްސިން ފުރިހަމަކޮށްފައި ނެތްނަމަވެސް ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭގޮތަށް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ޚާއްސަ ޕްރެސްކޮންފަރެންސެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ދަތުރުވެރިން ވެކްސިން ފުރިހަމަކޮށްފައި ނުވި ނަމަވެސް ދެން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމަށް އޮންނަ އުސޫލު ވެސް އުވާލެވިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ދަތުރުކުރުމަށް އެހެންމީހުންގެ ރައްކާތެރިކަމަށާއި އަމިއްލަ މީހާގެ ރައްކާތެރިކަމަށް ޓެސްޓު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com