twitterviber whatsapp telegramfacebookyoutube instagram
8th March 2026

އިހަވަންދޫ ކަންނެލި އޮޑިއަކުން ވިހިހާސް ރުފިޔާގެ ފެން އެރަށު މިސްކިތްތަކަށް ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Mar 14, 2022
1

އިހަވަންދޫގެ ކަންނެލި އޮޑިއަކުން ރޯދަމަހާއި ދިމާކޮށް އެރަށުގެ މިސްކިތްތަކަށް ވިހިހާސް ރުފިޔާގެ ފެން ހަދިޔާކޮށްފި އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހް ކޭއޯއަށް ވިދާޅުވީ އެ ދޯނިން 320 ފެން މިސްކިތްތަކަށް ހަދިޔާކޮށްފައިވާ ކަމަށާއި ފެން ކޭސްތައް މިސްކިތްތަކަށް ހަވާލުކުރާނީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން 5 މިސްކިތައް ފެން ކޭސްތައް ހަދިޔާކުރާނެ އެވެ.

ސޮބާހު ވަނީ މީގެ ކުރިންވެސް ކަންނެލި ދޯނިތަކުން ރޯދަމަހާ ދިމާކޮށް މިސްކިތްތަކަށް ތަކެތި ހަދިޔާކުރާކަން ފާހަގަކޮށްފައެވެ. އެގޮތުން މިސްކިތްތަކަށް ކާޕެޓާ، މާރާމާތު ކުރުމަށް ބޭނުންވާ ސާމާނު ހަދިޔާކުރާކަން ފާހަގަކުރެއްވި އެވެ.

ސޮބާހް ވިދާޅުވީ ކަންނެލި ދޯނިތަކުގެ އިތުރުން އެރަށުގެ ޖަމިއްޔާތަކުންވެސް މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި އެގޮތުން ކައުންސިލުން ތަކެތި ހަވާލުކުރުމުން މިސްކިތުގައި ކުލަލުން ފަދަ މަސައްކަތް ޖަމިއްޔާތަކުން ކޮށްދޭކަމަށެވެ. އަދި އެކަމުން ދޭހަވަނީ ދީނީކަންތައްތަކަށް އެރަށުގެ ރައްޔިތުން ދޭ އަހަމިއްޔަތުންކަން ކަމަށްވެސް ސޮބާހް ވިދާޅުވި އެވެ.

ކަންނެލި ދޯނިން މިސްކިތްތަކަށް ފެން ހަދިޔާކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ދޯނީގެ ނަން ހަބަރުގައި ހިމަނާފައި ނުވަނީ އެފަރާތުގެ އެދުމުގެ މަތިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355