twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޔޫއެފާ ނޭޝަންސް ލީގު: ނެދަލޭންޑްސްއާއި ކްރޮއޭޝިއާ ސެމީއަށް

މުޙައްމަދު އަހުމަދު
Sep 26, 2022

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުރިއަށް ގެންދާ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ނެދަލެންޑްސް އާއި ކްރޮއޭޝިއާ ޖާގަ ހޯދައިފި އެވެ.

ކްރޮއޭޝިއާއިން އޮސްޓްރިއާގެ މައްޗަށް ރޭ ކުރި ހޯދިއިރު ޑެންމާކުން އެންމެފަހުގެ ޗެމްޕިއަން ފްރާންސް ބަލިކުރީ 2 - 0 ންނެވެ. ޑެންމާކް މޮޅުވި ނަމަވެސް އެޓީމަށް ސެމީގެ ޖާގަ ނުލިބުނީ ކްރޮއޭޝިއާ އަތުން އޮސްޓްރިއާ ބަލިވުމުންނެވެ.

ނެދަލެންޑްސްއިން ރޭ ވަނީ 1 - 0 ގެ ހަނި ތަފާތަކުން ބެލްޖިއަމް ބަލިކޮށްފަ އެވެ. ކްރޮއޭޝިއާ ވާދަކުރި ޑިވިޝަން އެކެއްގެ ގްރޫޕް އޭއިން އެއްވަނަ އެޓީމު ހޯދީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކުގަ އެވެ. ޑެންމާކުން ދެވަނަ ހޯދީ ހަ މެޗުން ޖުމްލަ 12 ޕޮއިންޓް ހޯދައިގެންނެވެ.

ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ފްރާންސް ގްރޫޕުގެ ތިންވަނައިގައި އޮތްއިރު އޮސްޓްރިއާ ވަނީ ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ރެލިގޭޓްވީ އެވެ.

ނެދަލެންޑްސްއިން ޑިވިޝަން އެކެއްގެ ގްރޫޕް ޑީގެ އެއް ވަނަ ހޯދީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ ޖުމްލަ 16 ޕޮއިންޓާއެކުގަ އެވެ. ދެވަނައަށް ބެލްޖިއަމް ދިޔައިރު އެޓީމަށް ހަ މެޗުން ލިބުނީ 10 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ ޕޮލެންޑެވެ. ރޭ ޕޮލެންޑުން ވަނީ 1 - 0 ން ވޭލްސް ބަލިކޮށްފަ އެވެ. ޕޮލެންޑަށް ކުޅުނު ހަ މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. ވޭލްސް ރެލިގޭޓްވީ ގްރޫޕުގެ ފުލުގައި އޮވެ ހަ މެޗުން ލިބުނު 1 ޕޮއިންޓާއެކު އެވެ.

އޮސްޓްރިއާގެ މައްޗަށް ކްރޮއޭޝިއާއިން ރޭ 3 - 1 ން ކުރިހޯދިއިރު ރޭގެ މެޗުގައި ކްރޮއޭޝިއާގެ ލަނޑުތައް ޖަހައިދިނީ ލޫކަ މޮޑްރިޗާއި މާކޯ ލިވާޔާގެ އިތުރުން ޑޭޔާން ލޮވްރެން އެވެ. އޮސްޓްރިއާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓޮފް ބޯމްގާޓްނާ އެވެ.

ޑެންމާކުން ރޭ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކުރީ ފަސް މިނެޓުތެރޭ ޖެހި ދެގޯލާއެކު އެވެ. 34 ވަނަ މިނިޓްގައި ކެސްޕާ ޑޯލްބާގްގެ ލަނޑުން ޑެންމާކުން ލީޑުނެގިއިރު، އޭގެ ފަސް މިނެޓު ފަހުން އަންދްރެއަސް ސްކޯވް އޮލްސެން ވަނީ ޑެންމާކަށް ލީޑު ފުޅާކޮށްދީފަ އެވެ.

ރޭ ބެލްޖިއަމް ވަނީ ނެދަލެންޑްސް އަތުން ހަނި ތަފާތަކުން ބަލިވެފަ އެވެ. 1 - 0 ން ނެދަލެންޑްސް މެޗު ކާމިޔާބުކުރިއިރު އެޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ ވާޖިލް ވެން ޑައިކެވެ. މިއީ ލިބުނު ކޯނަރަކުން ބޮލުން ގޯލަށް ވައްދާލައިގެން ވެން ޑައިކް ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355