twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމުން ބޭނުންނުކުރަން އަންގައިފި

Oct 17, 2022

ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރިކަން ފާހަގަވެފައިވާތީ އެ ބޭސް ބޭނުން ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ ބޭނުން ކުރުން މަނާކުރީ އެލަސިން އައި ޑްރޮޕް ކަމަށާއި އެއީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ޑުއޯފާމާ އިން އުފައްދާ ބޭހެއް ކަމަށެވެ.

އަދި މައްސަލަ ހުރިކަން ފާހަގަކުރެވިފައި ވަނީ އެ ބޭހުގެ ބައެއް ބެޗުތަކުގަ އެވެ. އެގޮތުން މެލޭޝިއާގެ ނެޝަނަލް ފާމަސޫޓިކަލް ރެގިއުލެޓަރީ އޮތޯރިޓީން މައްސަލަ ހުރިކަން އަންގާފައި ވަނީ ބޭހުގެ ތިން ބެޗެކެވެ.

އެއީ ބެޗު ނަމްބަރު 193033، 200827 އަދި 200230 ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މައްސަލަ ހުރި މި ބޭހަކީ ރާއްޖެ އެތެރެކޮށް ވިއްކުން ހުއްދަކުރާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭހެއްކަމުން އޭގައި މައްސަލަ ދިމާވެފައިވާ ތިން ބެޗުގެ ތެރެއިން ދެ ބެޗެއް ރާއްޖެ އަށް އެތެރެކޮށް ވިއްކާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެހެންވެ މިހާރު އެ ބޭސް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏާ ގުޅިގެން މާކެޓުން އެ ނެގުމަށް އަންގަމުން އަން ކަމަށާއި، އެ ބޭސް ބޭނުން ނުކުރަން އާންމުންނަށް އިލްތިމާސްކުރާ ކަމަށް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293