twitter
viber
whatsapp
telegram
facebook
youtube
instagram
News
KO Travels
KO Travels
21st November 2024
ބަނޑޭރިގަނޑު
ޚަބަރު
ރިޕޯޓް
ވިޔަފާރި
ލައިފް ސްޓައިލް
ކުޅިވަރު
ވާހަކަ
މައިޒާން
ދުނިޔެ
ދީން
ކޮލަމް
ގަތަރު ވޯލްޑްކަޕް 2022 ގެ އެންމެފަހުގެ ތައްޔާރީތައް
ފީފާ ވޯލްޑްކަޕުގެ ކައުންޓް ޑައުން ދޯހާގެ ކޯނިކްގައި. ފީފާ ވޯލްޑް ކަޕުގެ އޮފިޝަލް ކައުންޓްޑައުން ގަޑި މިފަހަރު ބެހެއްޓިފައި ހުރީ ގަތަރުގެ ދޯހާގައި ހުންނަ ކޯނިކްގަ އެވެ. މުބާރާތް ހުޅުވޭ މެޗަށް ގަޑި ގުނަމުންދާއިރު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ބޭއްވުމުގެ ޝަރަފު ގަތަރަށް ލިބުނުތާ ގާތްގަނޑަކަށް 12 އަހަރު ފުރެން ވަނީ ގާތްވެފަ އެވެ. ގަތަރު ވޯލްޑް ކަޕް 2022 ފެށޭނީ ހޯސްޓް ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗުން މިމަހު 20 ވަނަ ދުވަހު އެވެ. ގްރޫޕް ސްޓޭޖުގެ 48 މެޗު ޑިސެމްބަރު 2 އަކަށް ނިމޭނެ އެވެ. ޑިސެމްބަރު 3 ގައި ރައުންޑް އޮފް 16 ފެށޭއިރު މިއަހަރުގެ އިވެންޓްގައި 8 ގްރޫޕަކަށް ބާހަލައިގެން 32 ޓީމަކުން ވާދަކުރާނެ އެވެ. ވޯލްޑްކަޕުގެ އެންމެ ފުރަތަމަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު 1930ގައި ބޭއްވި ފަހުން ވެސް މިހާތަނަށް އޭގެ 20 ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވެ އެވެ. ވޯލްޑްކަޕުގެ ހިންގުންތެރި ލަފާކުރާ ގޮތުގައި ވޯލްޑް ކަޕަށް ބަލަން 1.2 މިލިއަން ފޭނުން ގަތަރަށް ޒިޔާރަތް ކުރާނެ-- ފޮޓޯ: ޓްވިޓާ/ވިއޯނިއުސް.ކޮމް
ވޯލްޑްކަޕުގެ ފައިނަލު ކުޅޭ ލުސައިލް ސްޓޭޑިއަމް މުބާރާތުގެ ކުރިން. ދުނިޔޭގެ ތަށްޓަށް ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗު އަންނަ ޑިސެމްބަރުމަހު 18 ކުޅުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި. ލުސައިލް ސްޓޭޑިއަމްގެ މީހުންގެ ޖާގައިގެ އަދަދަކީ 80000. ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި އެކި ގޮތް ގޮތުން މިމުބާރާތް ބަލާނެ ކަމަށް އަންދާޒާ ކުރެވޭ-- ފޮޓޯ: ޓްވިޓާ/ވިއޯނިއުސް.ކޮމް
ފީފާ ވޯލްޑްކަޕުގެ މެސްކޮޓް ލަޢީބް ގަތަރުގެ ހުރިހާ ސަރަހައްދެއްގައި. ފީފާއާއި ގަތަރުން މިއަހަރުގެ ފީފާ ވޯލްޑް ކަޕުގެ 2022 ގެ އޮފިޝަލް މެސްކޮޓް ލައީބް މިވަނީ ދައްކާލާފަ އެވެ. ލައީބް އަކީ އަރަބި ބަހެކެވެ. އޭގެ މާނައަކީ ސްޕަރ ސްކިލްޑް (ވަރަށް ހުނަރުވެރި) ކުޅުންތެރިޔާ އެވެ. ލައީބް ނިސްބަތްވަނީ ބަޔާން ނުކުރެވޭފަދަ މެސްކޮޓްގެ އެހެން ދުނިޔެއަކަށެވެ. (ޕެރެލަލް މެސްކޮޓް ވާސް). ލައީބް ހިތްވަރުދެނީ އެންމެންނަށް ވެސް އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް "ނައު އިސް އޯލް" މިބުނުމުގެ ދަށުން އިތުބާރުކުރުމަށެވެ. ގަތަރުގެ ހުރިހާ ސަރައްހަދަކުން ލައީބް ފެންނާނެ - ދުނިޔެއަށް މަރުހަބާ ކިޔުމާއި، މުބާރާތުގެ ފޯރި ނެގުމާއި ޒުވާން ފޭނުން އިންސްޕަޔާ ކުރުން. ވޯލްޑް ކަޕް ކުރިއަށްދާނީ 20 ނޮވެމްބަރުން 18 ޑިސެމްބަރުގެ ނިޔަލަށް-- ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕް ފެށެން ގާތްވެފައިވާއިރު ގަތަރުގެ އެކި ސަރަހައްދުތަކުގައި ކުޅުންތެރިންގެ ފޯސްޓަރުތަކާއި ބިލްބޯޑުތައް. ގަތަރުގެ ދޯހާގައި ސަޑިއޯ މާނޭއާއި އަންދްރޭ އޮނާނާގެ ޕޯސްޓަރުތަކެއް ފެނިގެންދެ އެވެ. ތައްޔާރީތަކުގެ ބައެއްގެ ގޮތުގައި ގަތަރުގެ ރައްޔިތުންނާއި އެގައުމަށް ޒިޔާރަތްކުރާ ބިދޭސީން އަންނަނީ މި ޕޯސްޓަރުތައް ފެނި އުފާކުރަމުންނެވެ. މިފަހަރުގެ 831 ކުޅުންތެރިން ވޯލްޑްކަޕުގައި ކުޅުމުގެ ހުވަފެނުގެ ތެރޭގައި ދިރިއުޅެވޭއިރު ބައެއް ކުޅުންތެރިންނަށް މިއީ އާދައިގެ ކަމެކެވެ. އަނެއްބައި ކުޅުންތެރިންނަށް މިއީ މުޅިން އާ ތަޖުރިބާއެއް-- ފޮޓޯ: ޓްވިޓާ/ވިއޯނިއުސް.ކޮމް
ގަތަރުގައި ވޯލްޑްކަޕުގައި ވާދަކުރާ 32 ގައުމުގެ ދިދަތައް. މިމުބާރާތުގެ ނޮކްއައުޓް ފޭސް ކުރިއަށްދާނީ 3 ޑިސެމްބަރުން 18 ޑިސެމްބަރުގެ ނިޔަލަށެވެ. ޖުމްލަ 64 މެޗު މުބާރާތުގައި ކުޅެވޭއިރު މިމެޗުތައް ކުރިއަށްދާނީ 8 ދަނޑެއްގަ އެވެ. އެއީ އަލްބައިތް ސްޓޭޑިއަމް، ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް، އަލްތުމާމާ ސްޓޭޑިއަމް، އަހްމަދު ބިން އަލީ ސްޓޭޑިއަމް، ލުސައިލް ސްޓޭޑިއަމް، ސްޓޭޑިއަމް 974، އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް އަދި އަލް ޖަނޫބް ސްޓޭޑިއަމް-- ފޮޓޯ: ޓްވިޓާ/ވިއޯނިއުސް.ކޮމް
ގަތަރުގެ ދޯހާގައި ހުންނަ ކޯނިކް ސަރަހައްދުގައި ވައިގެ ހުނަރުވެރިކަން ދައްކާލާ ޝޯއެއް. ފީފާ ވޯލްޑްކަޕުގެ ކުރިން މީހުން އަންނަނީ ދޯހާގައި ކުރިއަށްދާ އެއާ ޝޯ ބަލަމުންނެވެ. މި ޝަރަފުވެރި މުބާރާތުގެ ތަށި މިހާތަނަށް ހިއްލާލެވިފައިވަނީ 8 ގައުމަކަށެވެ. އެއީ ބްރެޒިލް (5 ފަހަރު)، އިޓަލީއާއި ޖަރުމަނު (4 ފަހަރު)، އާޖެންޓީނާ، އުރުގުއޭ އަދި ފްރާންސް (2 ފަހަރު)، ސްޕެއިންއާއި އިންގްލެންޑް (1 ފަހަރު)-- ފޮޓޯ: ޓްވިޓާ/ވިއޯނިއުސް.ކޮމް
News
KO Travels
Facebook
Twitter
Instagram
YouTube
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
[email protected]