twitterviber whatsapp telegramfacebookyoutube instagram
29th August 2026

ހިރަފުސްގެ ނަމާދު ވޯކްޝޮޕްގައި 220 ކުދިން ބައިވެރިވެއްޖެ

އަބްދުލް ވާހިދު ޙަސަން
Nov 17, 2022

ޖަމިއްޔަތުލް ސަލަފްއާ ގުޅިގެން ހިރަފުސް ޖަމިއްޔާއިން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ނަމާދު ވޯކްޝޮޕަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. މި ވޯކްޝޮޕްގައި 220 ކުއްޖަކު ވަނީ ބައިވެރިވެފަ އެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދެއްވާ ޝެއިހް މިއަދު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފަ އެވެ. ހިލޭ ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ފަރުޟު ނަމާދުތައް އެންމެ ފުރިހަމައަށް ކުރާނެ ގޮތުގެ އިތުރުން ސުންނަތް ނަމާދުތަކާއި ކަށުނަމާދު ކުރާނެ ގޮތްވެސް ދަސްކޮށްދެވޭނެކަމަށް ހިރަފުހުން މައުލޫމާތުދެ އެވެ.

ނަމާދުގެ ހަރަކާތްތަކުގެ އިތުރުން ނަމާދުގައި ކިޔާތަކެތިވެސް ދަސްކޮށްދޭ މި ޕްރޮގުރާމަކީ އުމުރުން 8 އަހަރާއި 12 އަހަރުގެ ދެ ޖިންސްގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

ނަމާދުތައް ދަސްކޮށްދިނުމުގެ އިތުރުން އެހެނިހެން ދީނީ ހޭލުންތެރިކަން ހިނގުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕް ފަށާނީ މިއަދު އެވެ. މިއީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355