twitterviber whatsapp telegramfacebookyoutube instagram
25th October 2026

ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ކްލޮޕް

މުޙައްމަދު އަހުމަދު
Jan 17, 2023

މަޖުބޫރުވެގެން ނޫނީ ކުލަބް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ލިވަޕޫލްގެ މެނޭޖަރު ޔާގެން ކްލޮޕް ބުނެފި އެވެ.

ޖަރުމަނުގެ ކްލޮޕް މިހެން ބުނެފައިމިވަނީ ލިވަޕޫލްގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ދެރަ ފޯމެއްގައި އޮތް ލިވަޕޫލް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 9 ވަނައިގަ އެވެ. އަދި އެޓީމު އޮތީ ގަދަ ހަތަރެއްގެ ޖާގައަކަށް 10 ޕޮއިންޓް ދަށުގަ އެވެ.

"މެނޭޖަރު މަގާމު ބަދަލުވާނީ ނޫނީ އެހެން އެތައް ކަމެއް ބަދަލުވާނެ." ކްލޮޕް ބުންޏެވެ.

އޭނާ އިތުރަށް ބުނީ އޭނާގެ ވިސްނުމުގައި އެހެން މީހަކު ދާށޭ ނުބުނަނީސް ކުލަބް ދޫކޮށް ދިއުމުގެ ހިޔާލު ނުގެންގުޅޭ ކަމަށެވެ. އަދި އެކަންކަމާ ވިސްނަން ވަގުތާއި ޖާގަ އެބައޮތް ކަމަށާއި މިވަގުތު މުހިންމީ ރަނގަޅު ކުޅުމެއް ކުޅުން ކަމަށް ކްލޮޕް ބުނެ އެވެ.

ކްލޮޕް ވަނީ ކޯޑީ ގަކްޕޯގެ ޓްރާންސްފާއަށް ފަހު އިތުރު ޓްރާންސްފާގެ މުއާމަލާތެއް ހިނގުން ދުރުކަމަށް ބުނެފަ އެވެ. ސަމާގައި ފިރްމީނޯއާއެކު ލިވަޕޫލުގެ މިޑްފީލްޑް ޓްރިއޯ ޖޭމްސް މިލްނާއާއި ނަބީ ކެއިޓާގެ އިތުރުން އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިންގެ ކޮންޓްރެކްޓް ހަމަވާނެ އެވެ.

ލިވަޕޫލުން މިދިޔަ ހޮނިހިރު ދުވަހު ބްރައިޓަން އަތުން 3 - 0 ން ބަލިވި މެޗަށްފަހު ކްލޮޕް ލިވަޕޫލުގެ ކުޅުން ވަރަށް ދަށްކަން ފާހަގަކޮށް ފޯމް ރަނގަޅުކުރަން އޭނާގެ ޓީމުން އަލުން އެންމެ އާދައިގެ ކަންތައްތަކުން ފަށަން ޖެހުނު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293