twitterviber whatsapp telegramfacebookyoutube instagram
20th April 2024

އޮސްޓްރޭލިއަން އޯޕަންސް: ދެވަނަ ބުރުން ކަޓާ ނަދާލްއަށް ތަށި ދިފާއުނުކުރެވުނު!

މުޙައްމަދު އަހުމަދު
Jan 18, 2023

މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންސް 2023 ގެ ތަށި ދިފާއުކުރުމަށް ނުކުތް އެންމެފަހުގެ ޗެމްޕިއަން ރަފައެލް ނަދާލް ދެވަނަ ބުރުން ކަޓައިފި އެވެ.

އަދި ތަށި ދިފާއުކުރަން ނުކުމެ ދެވަނަ ބުރުން ކެޓުމުން އޭނާ ނަފްސާނީ ގޮތުން އެއްކޮށް ހަލާކުވެއްޖެ ކަމަށް އަނިޔާގައި ހުރި ނަދާލް ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ޓެނިސް ކުޅުންތެރިޔާ ވާތު އުނަގަނޑަށް އަނިޔާވެ މެޗުގެ ތެރެއިން އުދަނގޫ ތަކެއް ކުރިމަތިވިއިރު އޭނާ ވަނީ ސީދާ ތިން ސެޓޫން އެމެރިކާގެ މެކެންޒީ މެކް ޑޮނާލްޑް އަތުން ބަލިވެފަ އެވެ. މިމެޗުގެ ސެޓުތައް ދިޔައީ 6 - 4 ، 6 - 3 ، 7 - 5 ންނެވެ.

36 އަހަރުގެ ނަދާލް ބުނީ މެޗުގެ ކުރިން ވެސް އަނިޔާގެ މައްސަލަ ހުރި ކަމަށާއި އެހެންނަމަވެސް މިއަދު ވީހާ އުދަނގޫ އަދި މިހާތަނަށް ނުވާކަމަށެވެ. އަދި އޭނާ ބުނީ އޭނާގެ އުއްމީދަކީ މިކަމުގެ ސަބަބުން ކުޅުމާ ދުރަށް އެހާ ގިނަ ދުވަހަށް ދާން ނުޖެހުމެވެ.

"މިއީ ހަމައެކަނި ރިކަވާވުމެއް ނޫން، ރަނގަޅު ލެވަލެއްގައި އެނބުރި އައުމަށް ދެން ކުރަން ޖެހޭނެ މަސައްކަތްތައް. އަހަރެންގެ ކެރިއަރުގައި މި ޕްރޮސެސް އެތައް ފަހަރަކު ކުރިއަށް ހިނގައްޖެ އަދި އިތުރަށް ކުރަން ވެސް އަހަރެންނަށް ހީވާ ގޮތުން އަހަރެން ތައްޔާރު އެހެންނަމަވެސް މިއީ އެހާ ފަސޭހަކަމެއް ނޫން." ނަދާލް ބުނެފައިވެ އެވެ.

މެޗުަށް ފަހު ނޫސް ކޮންފަރެންސްގައި ވާހަކަދައްކަމުން 22 ފަހަރުގެ ގްރޭންޑް ސްލޭމް ޗެމްޕިއަން ނަދާލް ބުނީ އޭނާއަށް ހަރަކާތް ނުކުރެވޭކަމުގެ އިހްސާސްވި ކަމަށެވެ. މިއީ ގްރޭންޑް ސްލޭމް މުބާރާތެއްގައި 2016 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަންސްގެ ފުރަތަމަ ބުރުން ކެޓިފަހުން އޭނާ މިމުބާރާތުން ކެޓި އެންމެ އަވަސް ފަހަރެވެ.

"އަހަރެންނަކަށް ނުބުނެވޭނެ އަހަރެން ނަފްސާނީ ގޮތުން މިވަގުތު އެއްކޮށް ހަލާކުނުވެޔެކޭ. އެއީ އޭރުން ވާނީ ދޮގަކަށް. އުއްމީދުކުރަނީ މިކަން އެހާ ގޯސް ނުވާނެ ކަމަށް." ނަދާލް ބުންޏެވެ.

ނަދާލްއަށް މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންސް މުބާރާތް ނިމިފައިވާއިރު އޭނާ ދެން މިމުބާރާތުގައި ނުފެންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355