twitterviber whatsapp telegramfacebookyoutube instagram
6th February 2026

މޮންޒާ އަތުން މޮޅުވެ އޭސީ މިލާން ލީގުގެ ތިންވަނައަށް

މުޙައްމަދު އަހުމަދު
Feb 19, 2023

ސެރިއާ އޭގައި ރޭ މޮންޒާ އަތުން މޮޅުވެ އެންމެ ފަހުގެ ލީގު ޗެމްޕިއަން އޭސީ މިލާން ތާވަލުގެ ތިންވަނައަށް ޖެހިލިއިރު އިންޓަ މިލާނުން ފަސޭހަކަމާއެކު އުދިނޭޒީގެ މައްޗަށް ކުރި ހޯދައިފި އެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އޮތީ 23 މެޗުން ހޯދި 62 ޕޮއިންޓާއެކު ނަޕޯލީ އެވެ. ނަޕޯލީން ވަނީ ރޭ 2 - 0 ން ސަސުއޯލޯގެ މައްޗަށް ކުރިހޯދާފަ އެވެ. 23 މެޗުން ލިބުނު 47 ޕޮއިންޓާއެކު އިންޓަ ދެވަނައިގައި އޮތްއިރު ރޭ ތިންވަނައަށް ޖެހިލި މިލާނަށް 23 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.

ރޭ އިންޓަ މިލާނުން އުދިނޭޒީގެ މައްޗަށް ކުރިހޯދީ 3 - 1 ންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް އިންޓައިންނެވެ. 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮމޭލޫ ލުކާކޫ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަންޑޯ ލޮވްރިކް ވަނީ އުދިނޭޒީއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގައި ދެވަނަ ފަހަރަށް އިންޓައިން ލީޑު ނެގީ ހެންރިކް މިކިތާރްޔަން ރީތި ލަނޑަކުންނެވެ. މިލަނޑަކީ ފެޑެރީކޯ ޑި މާކޯގެ އެސިސްޓަކުން 73 ވަނަ މިނެޓުގައި މިކިތާރްޔަން ކާމިޔާބުކޮށްދިން ލަނޑެކެވެ. އިންޓަގެ ފަހު ލަނޑު ޖަހައިދިނީ ބެންޗުން އަރާ ލައުޓާރޯ މާޓިނޭޒް އެވެ.

ރޭ އޭސީ މިލާނުން ވަނީ ރަށުން ބޭރުގައި 1 - 0 މޮންޒާގެ މައްޗަށް ކުރިހޯދާފަ އެވެ. މިމެޗުގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޖަހައިދީފައިވަނީ ޖޫނިއާ މެސިއަސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355