twitterviber whatsapp telegramfacebookyoutube instagram
1st May 2024

ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވް 17 މީހަކު ފެނިފައިވޭ

Dec 14, 2023
2

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން މިހާތަނަށް ސްކްރި މީހުންގެ ތެރެއިން 17 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސްކްރީން ކުރި 17 ބިދޭސީއެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ބުނީ އެ ބިދޭސީންނަކީ މިހާރު ވެސް ފައިލޭރިއާ ބަލި ފެންނަ ސަރަހައްދުތަކުގައި ދިރިއުޅުމަށްފަހު ވަރަށް ފަހުން ރާއްޖެ އައިސްފައިވާ ބަޔެއް ކަމަށެވެ.

ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތައް އައިބުވާ މިންވަރަށް ސިފަ ބަދަލުކޮށްލަ އެވެ.

ފައިލޭރިއާ އުފެދެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތާލުމެވެ.

މި ކޭސްތަކާއި ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއިގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި މަޝްވަރާ ހިންގަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355