twitterviber whatsapp telegramfacebookyoutube instagram
20th May 2026

ކާމިޔާބު އަހަރުތަކަކަށްފަހު ގާޑިއޯލާގެ އަލްވަދާއުއަށް ސިޓީން ތައްޔާރުވަނީ

މުޙައްމަދު އަހުމަދު
May 19, 2026

އިނގިރޭސި ވިލާތުގެ މަޝްހޫރު ކުލަބް މެންޗެސްޓަރ ސިޓީން އެކުލަބުގެ ތާރީހުގެ އެންމެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާއަށް އެސްޓަން ވިލާ މެޗަށްފަހު އަލްވަދާއު ކިިޔުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ބީބީސީ ސްޕޯޓްސްއިން ރިޕޯޓުކުރި ގޮތުގައި މައުލޫމާތު ލިބޭގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ މެނޭޖަރުންގެ ގޮތުގައި ބެލެވޭ ޕެޕް ގާޑިއޯލާ މިސީޒަނަށްފަހު ސިޓީ ދޫކޮށްލާނެކަމަށް ބެލެވޭ ކަމަށެވެ.

ސިޓީން އަންނަ ސީޒަނުގައި ވެސް ގާޑިއޯލާ އެޓީމުގެ މެނޭޖަރުގެ މަގާމުގައި ދެމިހުންނާނެ ކަމަށް އުއްމީދުކުރި ނަމަވެސް ސިޓީން އަންނަނީ އޭނާގެ އަލްވަދާއުއަށް ތައްޔާރުވަމުންނެވެ. ކުލަބުގެ ގިނަ މުއައްޒަފުންނަށް ގަބޫލުކުރެވޭ ގޮތުގައި އޭނާ މިސީޒަނަށްފަހު ކުލަބް ދޫކޮށްލާނެ އެވެ.

ސީޒަނުގެ ފަހު މެޗުގައި އެސްޓަން ވިލާއާ ދެކޮޅަށް ސިޓީން ނުކުންނައިރު ގިނަ ބަޔަކަށް ބެލެވިފައި އޮތީ އެމެޗަށްފަހު ގާޑިއޯލާ ކުލަބް ދޫކޮށްލާނެ ކަމަށެވެ. އަދި ކުލަބުން ބޮޑަށް ސަމާލުކަން ދެމުން އަންނަނީ ކުލަބުގެ ލެޖެންޑަރީ ކޯޗުގެ އަލްވަދާއު ފާހަގަކުރުމަށެވެ.

އަލަށް ފުޅާކުރި އިއްތިހާދު ސްޓޭޑިއަމްގެ އުތުރު ސްޓޭންޑަށް ގާޑިއޯލާގެ ނަމުން ނަން ދިނުމަކީ އެކުލަބުން ވިސްނަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެ އެވެ.

ގާޑިއޯލާއަށްފަހު އެޓީމާ ގުޅޭނެ މެނޭޖަރެއްގެ އަޑު ގަދަވެފައިވާއިރު އެރޭހުގެ އެންމެ ކުރީގައި އުޅެނީ ކުރީގެ ޗެލްސީ ކޯޗު އެންޒޯ މަރެސްކާ އެވެ. 55 އަހަރުގެ އެންޒޯ ވަނީ ކުރިން ގާޑިއޯލާގެ ދަށުން ސިޓީގައި ވެސް މަަސައްކަތްކޮށްފަ އެވެ.

ގާޑިއޯލާގެ މެނޭޖަރު ކަމުގެ ދަށުން ވޭތުވެދިޔަ ދިހަ އަހަރު ސިޓީން ވަނީ ބޮޑު 17 ތައްޓެއް ހިއްލާލާފަ އެވެ. އަދި ހުރިހާ މުބާރާތަކުން 20 އެވެ. އޭގެ ތެރޭގައި 6 ޕްރިމިއާ ލީގާއި 1 ޗެމްޕިއަންސް ލީގު، 3 އެފްއޭ ކަޕު އަދި 5 އީއެފްއެލް ކަޕްސް ހިމެނެ އެވެ.

ސިޓީގެ ތާރީހުގައި ވެސް ދުށް އެންމެ މޮޅު މެނޭޖަރު ގާޑިއޯލާ އަކީ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ މޮޅު މެނޭޖަރުންގެ ގޮތުގައި ބެލެވޭ މެނޭޖަރެކެވެ. ގާޑިއޯލާ ފަހު ސީޒަނަށް މިސީޒަން ވާނެ ކަމަށް ބެލެވޭއިރު އޭނާ ވަނީ މިހާތަނަށް މިސީޒަނުގައި އެފްއޭ ކަޕް އަދި ކަރަބާއޯ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 7 ވަނަ ޕްރިމިއާ ލީގަށް އަމާޒު ހިފާފައި އޮތް ނަމަވެސް މިވަގުތު ލީގު ރޭހުގައި ކުރީގައި އޮތީ އާސެނަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355