twitterviber whatsapp telegramfacebookyoutube instagram
6th September 2026

ހިމަބިހީގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދޭން ފަށަނީ

ނަބީލާ އިސްމާޢީލް
May 30, 2026

ހިމަބިހީގެ ކޭސްތަކެއް ރާއްޖެ އިން ފެނުމާ ގުޅިގެން އެ ބަލީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

މި އަހަރުގެ މިހާތަނަށް އެ ބަލީގެ 9 މީހަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ

ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ މީހުންގެ ގޭގައި އުޅޭ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްސް އަށް ވެކްސިން ދެމުން އަންނަ އިރު އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އާންމުންނަށް ވެކްސިން ދިނުމަށް މިހާރު ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއު ރޯގާ ޖެހުމާއި ކެއްސުމާއި ލޯ ރަތްވުމުގެ އިތުރަށް ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ. އެޗްޕީއޭ އިން ބުނ އާންމުކޮށް ބިހިތައް ފުރަތަމަ ނަގާނީ މޫނާއި ކަރުގައި ކަމަށާއި. އެއަށް ފަހު މޭމައްޗާއި ބުރަކައްޓާއި، އަތާއި ފައިގައި ވެސް ބިހިތައް ނަގާ ކަމަށެވެ.

އެހެންވެ ހިމަ ބިހީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އިލްތިމާސްކޮށްފައިވެ އެވެ.

މި ބައްޔަކީ ރާއްޖެ އިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް 217 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355