ރާއްޖެ އައި އިންޑިއާ ފަސެންޖަރެއްގެ ލަގެޖުން ދެ ކިލޯގެ މަސަތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ، މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި މީހެއްގެ ލަގެޖުން ކަމަށެވެ.
29 އޮގަސްޓް 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) August 31, 2026
🔹ބާވަތް: ކެނަބިސް
🔹 ބަރުދަން: 2000 ގްރާމް pic.twitter.com/yu8EGK8Hzu
ކަސްޓަމްސް އިން ވިދާޅުވި ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންއިރު، އެއީ ދެ ކިލޯގެ ކެނަބިސް ކަަމަށެވެ.
އަދި މިތަކެތި އަތުލައިގަނެފައިވަނީ އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.




