އިންޑިއާ ނޭވީގެ ފުރަތަމަ ޓްރެއިނިން ސުކޮޑްރަންގެ ތިން އުޅަނދެއް ރާއްޖެ އައިސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ އިންޑިއާގެ ތިން އުޅަނދެއް ކަމަށްވާ، އައިއެންއެސް ތިރް އާއި އައިއެންއެސް ސުޖާތާ އަދި އައިސީޖީއެސް ސާރަތީ މިއަދު ރާއްޖެ ސަރަހައްދަށް އައުމުން މަރުހަބާ ކިޔާފައިވާ ކަމަށެވެ.
މި ދަތުރުގެ ތެރޭގައި ތަމްރީނުތަކާ ގުޅޭ ތަފާތު ހަރަކާތްތަކާއި ތަޖުރިބާ ހިއްސާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ސްކޮޑްރަން ވެސަލްތަކުގެ ތިން ކޮމާންޑަރުން މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އާ ވެސް ބައްދަލު ކުރައްވައިފަ އެވެ.