twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބަހާދަރު ބޯޓު އަޑިއަށް ހިނގައްޖެ

Sep 21, 2010

ބަހާދަރު ބޯޓުގައި ހުރި މުދާތައް ބޭލުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކާ ކުޅުދުއްފުށީ ސިފައިންގެ އިތުރުން ޕޮލިހުންވެސް ދަނީ މިމަސައްކަތުގައި ބައިވެރިވަމުންނެވެ. އެހެންނަމަވެސް މިހާރުވެސް ކުޅުދުއްފުށްޓަށް ވާރޭ ވެހެމުންދާތީ މިމަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުކުރެވޭ ކަމަށް ކުޅުދުއްފުށީން މައުލޫމާތު ލިބެއެވެ.

ދުވަހު ނޫސް ހަވީރަށް ދެއްވި އިންޓަވިޔު އެއްގައި ކުޅުދުއްފުށީ ބަހާދަރު ބޯޓުގެ ވެރިފަރާތް މުހައްމަދު ޒުހައިރު ވިދާޅުވީ، ބޯޓުގައި ހުރި މަދަލުގެ 70 ޕަސެންޓް އެއީ ވެރިފަރާތުގެ މުދާކަމަށާއި ބާކީ ހުރި 30 ޕަސެންޓް މުދަލަކީ އަމިއްލަ ފަރާތްތަކުގެ މުދާ ކަމަށެވެ. އަދި ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެނީ 10 ޕަސެންޓްގެ މުދާ ކަމަށެވެ.

ބޯޓުގެ ވެރިފަރާތުން ވިދާޅުވެފައިވަނީ، ބޯޓު ނެރުމައްޗަށް އެރީ ކެޕްޓަންގެ ފަރުވާކުޑަކަމުން ކަމަށް ގަބޫލު ނުކުރާކަމަށާއި މައްސަލައަކީ ކުޅުދުއްފުށީގެ ނެރު ކަމަށެވެ. އަދި އެ ވަގުތަކީ އާދަޔާ ހިލާފަށް ކަނޑު ގަދަ ވަގުތެއް ނޫންކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.

(09:15)

ބަހާދަރު ބޯޓު ގެ އަޑިން ގާތްގަނޑަކަށް ހަތަރު އިންޗީގެ ފަސް ބާގަނޑެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު އެބާގަނޑުތައް ބެއްދުމުގެ މަސައްކަތް ސިފައިން ކުރަމުން އެބަގެންދެއެވެ.

މިހާދިސާގައި ބޯޓަށް ލިބުނު ގެއްލުންތައް ބެލުމަށްޓަކައި އަލިދޫ ރިސޯޓުގެ ޑައިވިންގް ސާމާނު ކުޅުދުއްފުށްޓައް ގެނައުމުގެ މަސައްކަތް ކުޅުދުއްފުށީގައި ތިއްބަވާ ސިފައިން ގެންދަނީ ކުރަމުންނެވެ.

(08:15)

ބޯޓު ނެރުމައްޗަށް އަރާ އަޑިއަށްދިޔުމާއި ގުޅިގެން އޭގައިހުރި ބައެއް މުދާތައް ހަލާކުވެފައިވާކަމަށާއި، ކުޅުދުއްފުއްޓަށް މިހާރުވެސް ވާރޭ ވެހެމުންދާތީ ބާލަމުންދާ ބައެއް މުދާތައްވެސް ހަލާކުވަމުންދާކަމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާއިން މައުލޫމާތު ދެއެވެ..

(08:00)

ކުޅުދުއްފުށީ ބަހާދަރު ބޯޓު ކުޅުދުއްފުށީ ހުޅަނގު ފަރާތު ނެރުމައްޗަށް އަރައި އަޑިއަށް ދާން ފަށައިފިއެވެ.  އިއްޔެ ހަވީރު މާލެއިން ފުރާއިގެން މީހުންނާއި ގިނަ އަދަދެއްގެ މުދަލާއެކު އައި ބަހާދަރު ބޯޓު ނެރުމައްޗަށް އަރާފައިވަނީ، ކުޅުދުއްފުށީގައި އަލަށް ހެދުނު ލޯކަލް ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުން ލިބި، ބޯޓުގެ ދިރުނބާ ކޮޅު މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ބޯޓުގައި ތިބި ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާ ވެފައިވާކަމަށް ހަބަރު ލިބެމުން އެބަދެއެވެ.

ބޯޓުގައި ހުރިމުދަލާއި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ޕޮލިސް ގުޅިގެން ކުރިޔަށް އެބަގެންދެއެވެ. މިކަމުގައި މަގުހަދާ ޔުނިޓުގެ އެކްސްކަވޭޓަރާއި ބަނދަރުގެ ކްރޭން ދަނީ ބޭނުން ކުރެވެމުންނެވެ.

(އިތުރު ތަފްޞީލް އަންނަނީ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355